ކުނަހަންދޫ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ. އަތޮޅު ކުނަހަންދޫގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިރޭ 11:39 ހާއިރުގައެވެ. މި ހާދިސާ ހިނގާފައިވަނީ ފަޅު ގެއެއްގައި ހުރި ...

18 Apr 2019 | 23:18

ލ. އަތޮޅު ކުނަހަންދޫގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިރޭ 11:39 ހާއިރުގައެވެ. މި ހާދިސާ ހިނގާފައިވަނީ ފަޅު ގެއެއްގައި ހުރި ގުދަނެއްގައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ، ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް