ވިލާ ގްރޫޕަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރާ ފައިސާ އެ ކުންފުނިން ދެން ދައްކާކަށް ނުޖެހެނެ އެވެ.
ވިލާ އާއި ދެކޮޅަށް މީރާއިން ވަނީ ކޯޓުގައި 2.9 ބިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައި އެވެ. މީގެ ކުރިންވެސް ވިލާއިން ބުނަމުން ދިޔައީ އެއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
މީރާގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން މީރާއަށް ވިލާއިން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އެ އިދާރާއިން ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އަދި ކޯޓުގެ ހުކުމް އެ އިދާރާއަށް ނުލިބޭ ކަމަށެވެ.
އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސަރުކާރުން އެ ރަށްތައް އަތުލާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ. އަދި އެރަށްތައް އެ ކުންފުނިން އަތުލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.
އެ ފަސް ރަށަކީ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފޮނޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް