އުރީދޫއިން އާ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނީ އަލަށް ތައާރަފު ކުރި ޕެކޭޖުތަކުގައި އިތުރު 20 ޕަސެންޓު ޑޭޓާ ނަގާ ކޮންމެ ޕެކޭޖަކާއި އެކު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަށް ޕެކޭޖެއް ހިމެނެ އެވެ.
އެގޮތުން 110 ރުފިޔާގެ ޕެކޭޖު ނެގުމުން 700 އެމްބީ، 160 ރުފިޔާއަށް 1.25 ޖީބީ، 220 ރުފިޔާއަށް 2.5 ޖީބީ، 330 ރުފިޔާގެ ޕެކޭޖު ނެގުމުން ފަސް ޖީބީ ލިބެ އެވެ. އަދި 440 ރުފިޔާގެ ޕެކޭޖު ނެގުމުން 7.5 ޖީބީ ގެ އިތުރުން 1100 ރުފިޔާގެ ޕެކޭޖު ނެގުމުން 25 ޖީބީ ޑޭޓާ ލިބެ އެވެ.
އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް ޑިޖިޓަލް، އަރުޝަދު ޝާކިރު ވިދާޅުވީ މުޅިން އާ ޑޭޓާ ޕެކޭޖުތަކެއް ތައާރަފު ކުރަން ނިންމީ އެއްދުވަހުން އަނެއް ދުވަހަށް ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާތީ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުން އެދޭފަދަ ހެޔޮ ބަދަލު އަބަދުވެސް ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިންގެ މެދުގައި ޑޭޓާ ބޭނުންކުރާ މިންވަރު އެއްދުވަހުން އެއްދުވަހަށް އިތުރު ވަމުންދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް 4ޖީ+ ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް މި އާ ޕެކޭޖްތަކުން އެތަށް ގުނައެއް އިތުރަށް ޑޭޓާ ލިބިގެންދާނެ،" އަރުޝަދު ވިދާޅުވި އެވެ.
އުރީދޫއިން ބުނީ މި ޕެކޭޖުތައް އުރީދޫ ނެކްސްޓް، 929 ނުވަތަ މައި އުރީދޫ އެޕް މެދުވެރިކޮށް ނެގޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް