ސަސްޕެންޑް ކުރި ދިއްދޫ ކައުންސިލަރުންނަށް ހޫނު މަރުހަބާއެއް

ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސަރުކާރާއި ދެކޮޅަށް ބަޔާން ނެރެގެން ސަސްޕެންޑު ކުރި ދިއްދޫ ކައުންސިލްގެ ތިން މެންބަރުން އެނބުރި އޮފީހަށް ވަޑައިގެންނެވުމުން ހޫނު މަ...

19 Apr 2018 | 08:49

ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސަރުކާރާއި ދެކޮޅަށް ބަޔާން ނެރެގެން ސަސްޕެންޑު ކުރި ދިއްދޫ ކައުންސިލްގެ ތިން މެންބަރުން އެނބުރި އޮފީހަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެލްޖީއޭއިން އެ ކައުންސިލަރުން ސަސްޕެންޑު ކުރީ އެއް މަސްދުވަހުގެ މުއްދަތަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ސަސްޕެންޑު ކުރީ އެ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި، ނައިބް ރައީސް މުހައްމަދު ހާޝިމާއި، ކައުންސިލަރު އަހްމަދު ފިރާގާއި، ކައުންސިލަރު ޒުހުރާ އެވެ.

އެމްޑީޕީގެ ފަސް ކައުންސިލަރުން ހިމެނޭ ދިއްދޫ ކައުންސިލުން ބަޔާން ނެރުނު ދުވަހު އެ ކައުންސިލްގެ މެންބަރު މޫސާ ލަތީފް އޮފީހަށް ވަޑަައިގެންފައި ނުވާތީ އެލްޖީއޭ އިން ސަސްޕެންޑް ކުރި ކައުންސިލަރުންގެ ތެރޭގައި އޭނާ ހިމެނިިފައެއް ނުވެ އެވެ.

އެ ކައުންސިލަރުން މިއަދު އޮފީހަށް ވަޑައިގެންނެވުމުން ދިއްދޫ އެމްޑީޕީ މެންބަރުން ވަނީ އޮފީސް ކައިރިއަށް އެއްވެ މަރުހަބާ ކިޔާ ހިތްވަރު ދިނުމުގެ ގޮތުން މާފަތި އަޅުވާފައި އެވެ.

ދިއްދޫގެ އިތުރުން ލ. މާމެންދޫ ކައުންސިލަރުން ސަސްޕެންޝަނަށް ފަހު އިއްޔެ އޮފީހަށް ނިކުމެވަޑައިގެންނެވުމުން ވަނީ ކައުންސިލަރުންގެ ކަރުގައި މާފަތި އަޅުވާފައި އެވެ. އެ ރަށު ކައުންސިލަރުންގެ ތެރެއިން ސަސްޕެންޑު ކުރީ ނައިބު ރައީސް ހުސެއިން ހަބީބް އާއި ކައުންސިލަރު ޔޫސުފް އިރުފާން އެވެ.

ހުކުމަށް ތާއީދުކޮށް ބަޔާން ނެރެގެން އަށް ކައުންސިލެއްގެ 21 ކައުންސިލަރަކު ސަސްޕެންޑު ކުރި އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް މެންބަރުންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް