ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް ސެންޓަރާއި އެ ބޭންކުގެ ބަރާންޗަށް ބަދަލުތަކެއް ގެނެސް އަލުން ބ. އޭދަފުށީގައި ހުޅުވައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އޭދަފުށްޓަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު މ އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމަށެވެ.
އޭދަފުށީގައި ހުޅުވި މި ސެންޓަރުގައި 24 ގަޑިއިރު ހިދުމަތް ލިބޭ އެންމެ ޒަމާނީ އޭޓީއެމްތައް ބެހެއްޓިފައި ހުރެ އެވެ. އެ އޭޓީއެމްތަކުން ފައިސާ ޖަމާ ކުރުމާއި، ނެގުމުގެ އިތުރުން ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.
އޭދަފުށީގައި ކުރިން ހުރި ބޭންކުގެ ބަރާންޗު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޒަމާނީ ބަރާންޗަކަށް ވަނީ ބަދަލުކޮށްފައި އެވެ. ބީއެމްއެލް އިން ބުނީ އޭދަފުށީގައި ބީއެމްއެލްގެ އާ ބްރާންޗް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މިމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައި ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލް އިން ކަސްޓަމަރުންނަށް ހިދުމަތް ދެނީ 20 އަތޮޅުގައި ބީއެމްއެލްގެ 34 ބްރާންޗް، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 95 އޭޓީއެމް، 5000 ޕީއޯއެސް މާޗަންޓުން އަދި 205 ކޭޝް އޭޖެންޓުން މެދުވެރިކޮށެވެ.
މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް