އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ. އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ...

19 Apr 2018 | 05:30

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 8:00 ގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް އަމިއްލައަށް ޖަލްސާއަށް ދިއުމުގެ ފުރުސަތު އަދި ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު އުރީދޫއިން އަދި ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ.

އުރީދޫއިން ބުނީ މިއަހަރުގެ ޖަލްސާ ބާއްވާ ތާރީހާއި، އެޖެންޑާ އަދި ވޯޓުލުމާއި ގުޅޭ މައުލޫމާތު ޖަލްސާގެ ނޯޓިސް އާއި އެކު ހިއްސާދާރުންނަށް މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ފޮނުވާނެ ކަމަށެވެ.

އުރީދޫގައި އާންމު ހިއްސާދާރުން ތަމްސީލް ކުރަނީ 9.5 ޕަސެންޓު ހިއްސާ އެވެ. އުރީދޫއިން ހިއްސާ ވިއްކީ މިދިޔަ އަހަރު އެވެ. އެގޮތުން އެ ކުންފުނީގެ 14 މިލިއަން ހިއްސާ ވަނީ ވިކިފަވާއިރު އެއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް