ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ސަލްމާނަށް ދީފި، އެކަމަކު އެންމެ ތިން ގައުމަށް!

ޖަނަވާރެއް މަރާލި މައްސަލައިގަ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާން ކަފާލާތުގެ ދަށުން މިނިވަން ވުމަށް ފަހު ގައުމުން ބޭރަށް ދިއުމުގެ ހުއްދަ އަށް އެދުމުން އެ ހުއްދަ ކ...

19 Apr 2018 | 02:41

ޖަނަވާރެއް މަރާލި މައްސަލައިގަ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާން ކަފާލާތުގެ ދަށުން މިނިވަން ވުމަށް ފަހު ގައުމުން ބޭރަށް ދިއުމުގެ ހުއްދަ އަށް އެދުމުން އެ ހުއްދަ ކޯޓުން ދީފި އެވެ.

އޭނާ ކަފާލާތުގެ ދަށުން މިނިވަންވީ 50،000 ރުޕީސް ކޯޓަށް ދެއްކުމުންނެވެ. އެ ފައިސާ ދެއްކި ނަމަވެސް އެ ހުކުމް ކުރި ޖައިޕޫރު ކޯޓުން ނިންމާފައިވަނީ ސަލްމާންއަށް ގައުމުން ބޭރަށް ދެވޭނީ ވަކިން ކޯޓުގައި އެކަމަށް އެދިގެން ކަމަށެވެ.

އެހެންވެ އެ މައްސަލަ ސަލްމާންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އޭނާއަށް އިންޑިއާއިން ބޭރަށް ދެވޭނީ އެންމެ ތިން ގައުމަށް ކަމަށް ކޯޓުން ކަނޑައެޅި އެވެ. އެއީ އެމެރިކާ، ނޭޕާލް އަދި ކެނެޑާ އެވެ. މިކަމާ ސަލްމާން ދެކޮޅު ހަދާފައެއް ނުވެ އެވެ. އަދި މި ނިމުން ބަދަލުވާނެ ދުވަހެއް ކޯޓުން ކަނޑައެއް ނާޅައެވެ.

މިކަމާ އެންމެ ބޮޑަށް ވިސްނަން ޖެހުނީ މިދިޔަ ހޯމަ ދުވަހު ޝޫޓިން ފެށި ސަލްމާން ލީޑް ރޯލް ކުޅޭ "ބާރަތް" ގެ ޓީމުންނެވެ. އެއީ އެފިލްމު ޝޫޓު ކުރުމަށް ކުރިން ނިންމާފައި ހުރީ އޮމާން، ޕޮލޭންޑް، ލަންޑަން، މޯލްޓާ، އަބޫދާބީ އަދި ޕޯޗުގަލް ގައި އެވެ. އެހެންވެ މިހާރު ފިލްމު ޝޫޓް ކުރާ ތަންތަނުގެ ގޮތުގައި އިންޑިއާގެ ދިއްލީ އާއި ޕަންޖާބު އަދި މުމްބާއީ ހަމަޖައްސަމުންދާ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެހެން ގައުމަކަށް ދިއުމުގެ ހުއްދަ ނުދިނަސް ސަލްމާންގެ ފަރާތުން މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް އަބޫދާބީ އަށް ދިއުމުގެ ހުއްދައަށް ކޯޓުގައި އެދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް