އަމާން އާއި ޝަލަބީގެ ކޮއްކޮ ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި އިބްރާހިމް އަމާން އާއި އޭނާ އާއި އެކު އެއް ސީޒަނަކުން ފެނިގެން ދިޔަ ޝަލަބީ އިބްރާހިމްގެ ކޮއްކޮ ކައިވެނިކޮށްފި އެވެ. އަމާން އާއި ޝަލަބީގެ ކޮއްކޮ ބަލްގިޝް އި...

19 Apr 2018 | 02:19

މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި އިބްރާހިމް އަމާން އާއި އޭނާ އާއި އެކު އެއް ސީޒަނަކުން ފެނިގެން ދިޔަ ޝަލަބީ އިބްރާހިމްގެ ކޮއްކޮ ކައިވެނިކޮށްފި އެވެ.

އަމާން އާއި ޝަލަބީގެ ކޮއްކޮ ބަލްގިޝް އިބްރާހިމް ކައިވެނިކުރީ އިއްޔެ އެވެ. ކޯޓުގައި  ކުރި މި ކައިވެންޏަށް ފަހު އާއިލާ މީހުންނާއި އެކު ނަގާފައިވާ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ އަމާން އަށާއި ބަލްގިޝް އަށް މަރުހަބާ ކިޔަމުންނެވެ.

އައިޑަލް އަށް ފަހު ޝަލަބީ ލަވަކިޔުމާއި މަދަހައިގެ ދުނިޔޭގައި އުޅެމުންދާއިރު އަމާން ގެންދަނީ ލަވައިގެ އިތުރުން ފިލްމުވެސް ކުޅެމުންނެވެ. އެގޮތުން އައިޑަލްއަށް ފަހު އަމާން ދެ ފިލްމަކުން ފެނިގެން ގޮސްފައިވެ އެވެ.

އެއީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ދެ ފިލްމު ކަމަށްވާ "މީ ލޯތްބަކީ" އާއި "ވަކިން ލޯބިން" ގެ ރޯލަކުންނެވެ. މި ދެ ފިލްމުންވެސް އޭނާ ވަނީ އާންމުންގެ މަގުބޫލުކަން ހޯދާފައި އެވެ. އަދި އަންނަ އަހަރު ކުރީ ކޮޅު އެ ސްޓޫޑިއޯއިން ރިލީޒް ކުރާ ފިލްމު "މާމުއި" ގައިވެސް އަމާން ފެނިގެންދާނެ އެވެ.

ފިލްމް ކުޅުމުގެ އިތުރުން އަމާން އަންނަނީ އައިސްޓީވީގެ ބައެއް ޕްރޮގްރާމްތައް ހުށަހެޅުމުގައި ވެސް ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް