މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލަޓު ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ މިރޭ ދަންވަރު 12:00 ން ހެނދުނު 6:00 އަށެވެ. އެ ވަގުތުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެ އެވެ.
އެކަމަކު ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެއް ނުވެ އެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުން މިދާ ވިއްސާރަ އަކީ ދެ މޫސުން ބައްދާ ވިއްސާރަ ކަމަށެވެ. މި ވިއްސާރައިގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަކަށް ދަނީ ފެންބޮޑުވުމާއި ހޮނު އެޅުމުގެ ހާދިސާތައް ކުރިމަތިވަމުންނެވެ.
ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށް ހަނދާން ކޮށްފިނުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް