ފެރީ އަކާއި ކަންނެލި ދޯންޏެއް ޖެހި ގެއްލުންތަކެއް ވެއްޖެ

ހުޅުލެއާއި މާލެ އާއި ދޭތެރޭ ދަތުރު ކުރި ފެރީ އަކާއި ކަންނެލި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމި...

18 Apr 2018 | 19:13

ހުޅުލެއާއި މާލެ އާއި ދޭތެރޭ ދަތުރު ކުރި ފެރީ އަކާއި ކަންނެލި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުން އުފުލާ ފެރީ އެވެ. އެމްއޭސީއެލްއިން މީޑިއާގައި ބުނެފައިވަނީ މި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް މާ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭ 7:30 ހާއިރު އެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ވަނީ ކޮށްފަ އެވެ. އެކަމަކު އަދި ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމްއޭސީއެލްގެ ފެރީގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް