ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ހަކުޅި ނަމުގައި ވިއްކަމުންދިޔަ އެޕްލިކޭޝަންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމުގައިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ހަކުޅި އެޕްލިކޭޝަން ވިއްކަމުންދިޔައީ މާކެޓު ކޮށްގެންނެވެ. އެކަމަށް ފޭސްބުކް ޕޭޖެއް ހަދާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެ އެޕްލިކޭޝަން މާކެޓް ކުރަމުންދިޔަައީ ކެމްޕޭނު ޓޫލެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
ބުނެފައިވާގޮތުގައި މައްސަލަ ހުށަހަޅާފައިވަނީ މި އެޕްލިކޭޝަން ހެދިކަމަށް ބުނާ އަބްދުﷲ ޝުހޫދާއި ޑީއާރުޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ އަބްދުﷲ އަބްދުއްރަހީމާއި ދެކޮޅަށެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުގައި އެ އެޕްލިކޭޝަން މާކެޓުކުރަމުން ގޮސްފައިވަނީ އެޕްްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އާންމުންގެ މުސާރައިގެ ރޭންޖާއި ހިމެނޭ ސިޔާސީ ޕާޓީގެ މައުލޫމާތާއި އަދި ތައުލީމީ ފެންވަރުވެސް ބެލޭފަދަ ގޮތަކަށެވެ. ބުނެފައިވާގޮތުގައި އެ އެޕްލިކޭޝަންގައި އާންމުންގެ ޒާތީ މައުލޫމާތު އެމީހުންގެ ފޮޓޯއާއެކު ހިމަނާފައިވެއެވެ.
މި އެޕެއް ހަދައިގެން ވިއްކަމުން އަންނަ މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މި އެޕް ވިއްކަމުން އަންނަަކަން ފެންމަތިވުމާއެކު އާންމުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެެވ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް