އެއްމާބަނޑު ހަކުދިން ނުވަ މިނެޓު ތެރޭގައި ވިހާ އެމެރިކާގެ މަންމަޔަކު މުޅި ދުނިޔެ އާސޯހު ކޮއްލައިފިއެވެ.
ތެލްމާ ޗިއާކާއަށް ލިބިފައިވަނީ އެއްމާބަނޑު ހަތަރު ފިރިހެން ކުދިންނާއި، ދެ އަންހެން ކުދިންނެވެ. ތެލްމާ ވިހާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ 4:50 ހުގައި އެމެރިކާގެ ވުމަން ހޮސްޕިޓަލް އޮފް ޓެކްސަސްގައެވެ. އެ ހޮސްޕިޓަލިގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ހުރިހާ ކުދިން އެ ހޮސްޕިޓަލްގެ އެޑްވާންސްޑް ނިއޮނޭޓަލް އިންޓެންސިވް ކެއާރގައި އެޑްމިޓްކޮށްފައިވާ އިރު ހުރިހާ ކުދިންގެ އިތުރުން މަންމަގެ ހާލުވެސް ރަނގަޅުކަމަށެވެ.
ތެލްމާ ވަނީ އޭނައަށް ލިބުނު ދެ އަންހެން ކުދިންނަށް މިހާރު ނަން ކިޔާފައެވެ. އެހީ ޒީނާއާއި ޒޫރިއެލްއެވެ.
އެއްމާ ބަނޑު ހަކުދިން ލިބުމުގެ ފުރުސަތަކީ ކޮންމެ 4.7 ބިލިއަން މާބަނޑުގެ ތެރެއިން އެކަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް