ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، ފުލުހުންނާ ގުޅޭ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތަށް އާއްމުންގެ ހިޔާލު ފުލުހުންގެ އިދާރާ އަށް ވަނީ ހޯދާފައެވެ. އަދި މި މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ހަމައެއާއެކު މުހިއްމު ބަދަލުތަކާއެކު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން މި މަހުގެ 29 ވަނަ ދުވަހު އިފުތިތާހު ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް