މާލޭ މަގުތަކުގައި ރީނދޫ ކުލަ ލަނީ ގައިވައިދުގައި އެގޮތަށް އޮތުމުން: ސިޓީ ކައުންސިލް

ކަފިހި ހުރަސްތަކާއި ރޯޑު ބްރޭކަރުތަކާއި ޕާކިން ޒޯނުތަކުގައި ހުންނަންޖެހެނީ ރީނދޫ ކުލަ ކަމަށް މާލޭ ސިޓީކައުސިލުން ބުނެފިއެވެ. މާލޭ މަގުތަކުގައި ރީނދޫ ކުލަ ލާން ފަށާފައިވަނީ ގަވާއިދުގައި އޮންނަ ގޮތުން މ...

19 Mar 2019 | 09:59

ކަފިހި ހުރަސްތަކާއި ރޯޑު ބްރޭކަރުތަކާއި ޕާކިން ޒޯނުތަކުގައި ހުންނަންޖެހެނީ ރީނދޫ ކުލަ ކަމަށް މާލޭ ސިޓީކައުސިލުން ބުނެފިއެވެ.

މާލޭ މަގުތަކުގައި ރީނދޫ ކުލަ ލާން ފަށާފައިވަނީ ގަވާއިދުގައި އޮންނަ ގޮތުން މަގުތަކުގައި ލާންޖެހެނީ ރީނދޫ ކުލަ ކަމަށް ވާތީ ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ބުނެފައިވެއެވެ.

މަގުތަކުގައި ހުރި ކަފިހި ހުރަސްތަކުގައި ކުލަ ލުމުގެ މަސައްކަތް އަލުން ފަށައިގެން އުޅޭތާ މިހާރު ހަފްތާއެއް ވެއްޖެ ކަމަށާއި، އަދި މިހާރު ގާތްގަނޑަކަށް 10 ވަރަކަށް މަގުގައި ކުލަ ލާފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އޭގެ އިތުރުން ބޮޑެތި މަގުތަކާއި ސުކޫލު ކައިރިއާއި ސަރުކާރު އޮފީސްތައް އަދި ހޮސްޕިޓަލުތައް ކައިރި ހުންނަ ކަފި ހުރަސްތަކުގައި ދެހަފްތާ ތެރޭގައި އެއްކޮށް ރީންދޫ ކުލަ ލާ ނިމޭނެ ކަމަށްވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް