މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށެވެ.
އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއި އެކު، އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
މައްސަލަތައް ބަލައި ނިމުނުކަމުގައި ވިޔަސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލަތައް ބެލުމަށް ފަހު އެކަމުގެ މައުލޫމާތު މަރުވި މީހުންގެ އާއިލާތަކަށް ހިއްސާކުރާނެ ކަމަށާއި، ރައީސް ސޯލިހަށް ރިޕޯޓު ހުށަހެޅުއްވުމަށް ފަހު އެކަންތައް އާއްމުކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މިދޔަ ނޮވެމްބަރ މަހު ރައީސް މަހައްމަދު ސޯލިހު މި ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރ 17، 2018 އާއި ދެމެދު ހިނގާފައިވާ މައްސަލަތައް ބެލުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް