މިދިޔަ ފެބްރުއަރީ މަހު ޖެންޑާއަށް ހުށަހެޅި މައްސަލަ ތަކުގެ ތެރޭގައި ކުޑަ ކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައް ގިނަ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.
ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމު ކޮއްފައިވާއިރު، މިދިޔަ މަހު ޖެންޑާއަށް 213 މައްސަލަ ހުށަހަޅާފައިވެއެވެ. އެގޮތުން އެންމެ ގިނައީ ކުޑަ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލައެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާއިރު އެއީ ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 49 އިންސައްތަ ކަމަށް ޖެންޑާއިން ބުނެފައިވެއެވެ.
ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އިހުމާލުވުމުގެ މައްސަލަތަކާއި، ޖިސްމާނީ ހާނީއްކައިގެ މައްސަލަ ތަކާއި، ޖިންސީ ހާނީއްކައިގެ މައްސަލަތަކާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަކާއި މިކަހަލަ އެހެނިހެން މައްސަލަތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް