އޮފިޑުން ރާއްޖެއަށް ލޯނެއް ދެނީ

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ. މި ލޯނު ރާއްޖެއަށް ދޫކުރާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށ...

19 Mar 2019 | 08:09

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.

މި ލޯނު ރާއްޖެއަށް ދޫކުރާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މިގޮތުން މި ލޯނުގެ ސަބަބުން ރާއްޖޭގެ 13 ރަށެއްގައި ދިރިއުޅޭ 20،000 މީހުންނަށް ފައިދާ ކުރާނެއެވެ. ރާއްޖެއަށް މި ލޯނު ދެނީ، ސިއްހީ ނިޒާމު ރަގަޅު ކުރުމަށާއި، ބަނދަރު މަރާމާތު ކުރުމަށާއި، އަދި ބޯފެނާއި ނަރުދަމާގެ ނިޒާމު ވަރުގަދަ ކުރުމަށެވެ.

https://twitter.com/OFIDnews/status/1106094748538933248

އޮފިޑުން މި ލޯނު ބަހާލާފައިވަނީ ރާއްޖެ އަށް ދޭ 50 މިލިއަން ޑޮލަރުގެ އިތުރުން، އުޒްބެކިސްތާން އަށް ދޭ 54 މިލިއަން ޑޮލަރު އަދި އެފްރިކާ ސަރަހައްދުގެ އިތުރު ގައުމަކަށްދޭ 26 މިލިއަން ޑޮލަރުގެ އިތުރުން، ސެނެގާލަށް ދޭ 65 މިލިއަން ޑޮލަރާއި، މަޑަގަސްކަރަ ދޫކުރާ 10 މިލިއަން ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް