ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައިރިކޮށް، އައިޑީކާޑު ހައްދަން ހުށަނޭޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ޑިޕާޓްމެންޓުން ބުނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ކާޑު ހައްދަވައި ނިންމުމަށެވެ. ސަބަބަކީ ވޯޓުލުމަށް ކަނޑައެޅިފައިވާ ދުވަހާ ކައިރިކޮށް ގިނަ ބަޔަކު ކާޑު ހެއްދުމަށް ހުށަހަޅައިފިނަމަ، އެ އެންމެންގެ ކާޑު ވޯޓުލާ ދުވަހާއި ހަމައަށް ނިންމައި، ހަވާލު ނުކުރެވިދާނެތީކަމަށްވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް