ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ އިދިކޮޅު މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި ނީހާން އިސްކޮށް ހުންނަވައިގެން، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލައިގައި ވަނީ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަމުންދާކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ލިބެމުންދާތީ އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ކަމަށެވެ. އަދި ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާތީ އާއި، މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މައްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވައި ދެއްވުމަށް އެދި ވެސް މި މައްސަލައިގައި ހާމަކޮށްފައިވެއެވެ.
https://twitter.com/ahmed_nihan/status/1107543081455222784
އެ މައްސަލައިގެ ކޮޕީއެއް ޓްވީޓް ކުރަމުން ނިހާން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން އެމްޑީޕީ އަށް ސަޕޯޓް ނުކުރާ މީހުން ވަޒީފާއިން ވަކިކުރާ މައްސަލަ މަޖިލީހަށް ފޮނުވައިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް