މާލޭ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެކައިރިން ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލުހު ވިދާޅުވެއްޖެއެވެ.
ދަތުރުދާނެ ރަށެއް ހަމަޖައްސާއިރު ހަމަޖައްސާނީ ފުރިހަމަ ވަސީލަތްތަކާ އެކުގައި ކަމަށް، އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އީވާ އަބްދުﷲ ގެ ކެމްޕޭންގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، މާލޭގެ ޕޯޓް ސަރަހައްދު ވެސް، ތިލަފުށި ނުވަތަ ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް