މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަނީ

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށްޓުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭގައި ވިދާޅުވެއްޖެއެވެ. އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ...

19 Mar 2019 | 06:03

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށްޓުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭގައި ވިދާޅުވެއްޖެއެވެ.

އަމީނިއްޔާ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލެއަކީ މީހުން ދިރިއުޅެން ރަނގަޅު ނުވާނެ ހުރިހާ ސިފައެއް ހުރި މުޖުތަމައުއެއް ކަމަށާއި، އަދި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޓްރެފިކް ފަދަ މައްސަލަތައް ހުރި ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

މި ބަދަލު ގެނައުމަށްޓަކައި މާލޭގެ ވިޔަފާރި ބަނދަރާއި އެ ސަރަހައްދުގެ ވިޔަފާރިތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށާއި، އެ ސަރަހައްދަށާއި މުޅި މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެއާއެކު މިހާރުވެސް ބައެއް ކަންކަން ފުއްދައިދީފައިވާކަމަށާއި، މާލޭގައި ބަންދުކޮށްފައިހުރި ބައެއް ބޮޑެތި މަގުތައް ހުޅުވާލައްވައި ހަލާކުވެފައިވާ ބައެއް މަގުތައް ރަނގަޅުފެންވަރަކަށް ހައްދަވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހައްދަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް