ގދ ގައްދޫ ކައުންސިލްގެ ރައީސާއި އެކައުންސިލްގެ ނައިބު ރައީސާއި އެ ކައުންސިލްގެ އިތުރު މެމްބަރަކު ސަަސްޕެންޑް ކޮށްފި އެވެ.
މި މެމްބަރުން ސަސްޕެންޑް ކޮށްފައިވާކަން އަންގާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބަށް ފޮނުވާފައިވާ ސިޓީއެއްގައި އެވެ.
އެ ސިޓީގައި ބުނެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި ނައިބުރައީސް އާމިނަތު ފަރުޒީނާ އާއި ކައުންސިލަރު އާމިރު އަބްދުﷲ މާދަމައިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވަކަމަށެވެ.
މި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ބަޔާނެއްގައި ސޮއި ކުރި މައްސަލައިގާ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް