މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލޭގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސް މި މަހު 13 ވަނަ ދުވަހު ފާސްކުރި ބިލު ބާތިލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ސުޕްރީމް ކޯޓުގައި މާދަމައަށް ތާވަލު ކޮށްފި އެވެ.
އެގޮތުން އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫރާނީއާގެ / ޅ. ހިންނަވަރު 2- ޢަލީ ޙުސައިން، މުނިޔާގެ / ބ. ކެންދޫ 3- އަނާރާ ނަޢީމް، ހ. ގުރުސް / މާލެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ ދެ މައްސަލައިގެ ތެރޭން ފުރަތަމަ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. ދެވަނަ މައްސަލަ ތާވަލު ކޮށްފައިވަނީ މެންދުރު 1:30 އަށެވެ.
މި ދެ ބިލުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާއިރު މެމްބަރުން ތަކެއްގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ޕާޓީދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ފަރުމާ ކޮށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި ބިލެކެވެ.
މި ބިލު ފާސްކޮށްފައިވަނީ އަމަލުކުރުން "ބެކްޑޭޓަކަށް" ގޮސް 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް