މަސްވެރިކަން ކުރާ ދޯންޏެއް 25 މީހުންނާއި އެކު ގެއްލިގެން ހޯދަނީ

އައްޑޫ ސީޓި މަރަދޫ މަސް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ "ކޮންކޯޑް" ނަމަކަށް ކިޔާ މަސްދޯނީގެ ހަބަރެއް އެންމެ ފަހުންވީ ސެޓަލައިޓް ފޯނު މެދުވެރިކޮށް އިއްޔެ ހަވީރު 6:10 ހާއ...

19 Mar 2018 | 08:44

އައްޑޫ ސީޓި މަރަދޫ މަސް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ކޮންކޯޑް" ނަމަކަށް ކިޔާ މަސްދޯނީގެ ހަބަރެއް އެންމެ ފަހުންވީ ސެޓަލައިޓް ފޯނު މެދުވެރިކޮށް އިއްޔެ ހަވީރު 6:10 ހާއިރު ކަމަށެވެ. އެ ދޯނީގެ ހަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 9:20 ހާއިރު އެވެ.

ދޯންޏާއި ގުޅުންހުރި މީހަކާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ އެންމެ ފަހުން ގުޅުމުން ބުނީ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކޮށްގެން ދަތުރު ކުރަމުންދާ ކަމަށެވެ. ދިގުމިނުގައި 108 ފޫޓު ހުންނަ މިދޯނީގައި 25 ދިވެހިން އެބަތިއްބެވެ.

މިދޯންޏަކީ ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެކެވެ.

މިއުޅަނދާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑަށް އެންގުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް