ސައުދީ އަރަބިއްޔާގައި ސައުދީ ރައްޔިތަކު މަރައިލި އިންޑޮނޭޝިޔާ ރައްޔިތެއް ބޯ ބުރިކޮށްލައިގެން މަރުގެ އަދަބު ދީފި އެވެ.
އިންޑޮނޭޝިޔާގެ އެމީހާއަށް މަރުގެ އަދަބު ދީފައިމިވަނީ އެ އަދަބު ނުދިނުމަށް އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިދޯދޯ ސައުދީ ކުރެން އެދިލައްވާފައިވަނިކޮށެވެ.
ބޯ ބުރިކޮށްލައި މަރުގެ އަދަބު ދީފައިވަނީ ޒައިނީ މިސްރީން ނަމަކަށް ކިޔާ އިންޑޮނޭޝިޔާގެ ރައްޔިތަކަށެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2004 ވަނަ އަހަރު އޭނާގެ ސާހިބުމީހާ މަރާލިކަން 2008 ވަނަ އަހަރު ސާބިތުވުމުންނެވެ.
އުމުރުން 53 އަހަރުގެ އެމީހާއަށް މަރުގެ އަދަބު ދީފައިވަނީ އިއްޔެ އެވެ.
ޒައިނީގެ ދިފާއުގައި ވަކާލާތު ކުރަމުންދިޔަ ގްރޫޕަކުން ބުނެފައިވަނީ އޭނާގެ ސާހިބު މީހާ މަރާލި ކަމަށް އެއްބަސްކުރުވީ ގަދަބާރުން ކަމަށާއި ދިފާއުގައި ވަކާލާތު ކުރުމުގެ ފުރުސަތުވެސް އޭނާއަށް ދީފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް