ޝަރުތު ހަމަނުވާ އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު އިތުރުކޮށްފި

ނޫސް މަޖަންލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ޝަރުތައް ހޯމް މިނިސްޓްރީން ގެނައި ބަދަލަށް އަމަލު ކުރަން ފަށަން ޖެހޭ މުއްދަތު އިތުރުކޮށްފި އެވެ. "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސް...

19 Mar 2018 | 06:22

ނޫސް މަޖަންލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ޝަރުތައް ހޯމް މިނިސްޓްރީން ގެނައި ބަދަލަށް އަމަލު ކުރަން ފަށަން ޖެހޭ މުއްދަތު އިތުރުކޮށްފި އެވެ.

"ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ގޮތުން ނޫސް މަޖައްލާއެއްގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ އެއް އޮތުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ފަސް އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށް ކަމަށެވެ. މި ބަދަލާއި ގުޅިގެން ގިނަ ނޫސްވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.

އެ ހިތް ހަމަ ނުޖެހުންތަކާއި އެކު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައި އެވެ. އެ ބައްދަލުވުމުގައި އެދުނީ އެ ޝަރުތު އުވާލާ، މީޑިއާ އަށް ފަސޭހަ ވާނެ ގޮތަކަށް ބަދަލު ކޮށްދިނުމަށެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޝަރުތު ހަމަނުވާ އެޑިޓަރުން ތިބި ނޫސް މަޖައްލާތަކުން އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތި އަންނަ އާދިއްތަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން އިއްޔެއަށް އެ މުއްދަތު ހަމަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް