ރިސޯޓެއްގައި ކަރަންޓް ޝޯޓްވެ ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 41 އަހަރުގެ، އިންޑިއާއަށް އުފަން މީހެކެވެ.
ރޭގަ ހިނގި މި ހާދިސާއާއި ގުޅިގެން އެމީހާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ވަނީ މަރުވެފައިކަމަށް މައުލޫމާތު ލިބެ އެވެ.
އިތާފުށި ރިސޯޓަކީ އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވަލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން މާލެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް