މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުފައިވި އެވެ.
އަމިތު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 9:30 އަށެވެ.
އަމިތަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މުޒާހަރާ ކުރުމަށް ހިތްވަރު ދިނުމާއި މުޒާހަރާއަށް ނުކުތުމަށް ގޮވާލެއްވި ކަމުގެ ތުހުމަތުގައި އެވެ.
ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޔަކު އިސް ނަގައިގެން މާލޭގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށް ވެސް އަމީތު ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ އާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިދިކޮޅު ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ވަނީ ހައްޔަރު ކޮށްފައި އެވެ. އަދި އެ އެންމެންގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް