އިންޑިއާ މީހަކު މަންމަގެ ބޯ ކަނޑާލައިގެން ގެންގޮސް ފުލުހުންނާއި ހަވާލުކޮށްފި

އިންޑިއާ މީހަކު ޒުވާބު ކުރުމަށް ފަހު އައި ރުޅީގައި ތޫނު އެއްޗަކު މަންމަގެ ބޯ ކަނޑާލައިގެން ގެންގޮސް ފުލުހުންނާއި ހަވާލު ކޮށްފި އެވެ. އިންޑިއާގެ ޓަމިލް ނާޑޫގެ ޕުޑުކޮއްޓައިގަ މި ހާދިސާ ހިންގީ އިއްޔެ އެވ...

19 Mar 2018 | 03:49

އިންޑިއާ މީހަކު ޒުވާބު ކުރުމަށް ފަހު އައި ރުޅީގައި ތޫނު އެއްޗަކު މަންމަގެ ބޯ ކަނޑާލައިގެން ގެންގޮސް ފުލުހުންނާއި ހަވާލު ކޮށްފި އެވެ.

އިންޑިއާގެ ޓަމިލް ނާޑޫގެ ޕުޑުކޮއްޓައިގަ މި ހާދިސާ ހިންގީ އިއްޔެ އެވެ. އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ މަންމަ އާއި ޒުވާބު ކުރީ މުދާ ބެހުމުގެ މައްސަލާގައި އެވެ.

އެ ޒުވާބުގައި މަންމަގެ ބޯ ކަނޑާލުމަށް ފަހު ބޯ ހިފައިގެން އެންމެ ކައިރީގައި ހުރި ފުލުހުންގެ އިދާރާއަށް ދިޔައީ ހިނގާފަ ކަމަށް އޭނާ އާއި ހަވާލާ ދީ ފުލުހުން ބުނެ އެވެ. އަދި އޭނާ ވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފަ ކަމަށްވެސް ބުނެ އެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ފިރިހެން މީހާގެ މަންމަ އަކީ މީގެ 10 އަހަރު ކުރިން އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހެކެވެ. އެކަމަކު ސާބިތު ނުވުމުން ދޫކޮށްލީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް