ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ބަތަލް ރަންވީރު ސިންގ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ އަޑުފެތުރިފަ އޮންނަތާ ދެ އަހަރެއްވަރު ވަނީ އެވެ.
އެކަމަކު މިހާރު މިވަނީ އެ ދެމީހުންގެ ގުޅުމާއި މެދު ސުވާލު އުފައްދަން ޖެހިފަ އެވެ. ދެމީހުންގެ ގުޅުމާއި ބެހޭގޮތުން މިހާތަނަށް ނޫސްވެރިން ކުރި ސުވާލަކަށް ސީރިއަސް ނުވަތަ ސީދާ ޖަވާބެއް ރަންވީރުވެސް ދިޕިކާވެސް ދީފަ އެއް ނުވެ އެވެ.
އެކަމަކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެމީހުންގެ ގުޅުމާއި ބެހޭގޮތުން ސުވާލު ކުރުމުން ރަންވީރު ބުނެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެވޭނީ ދެމީހުން އެކަމަށް އެދޭނަމަ ކަމަށެވެ. ރަންވީރު ބުނީ އޭނާ އަބަދުވެސް ދިޕިކާ ކައިރީ އެއީ ބަތަލާއިންގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ މީހާ ކަމަށް ބުނާ ކަމަށެވެ. އެކަމަކު ދިޕިކާގެ ޖަވާބަކަށް އަންނަނީ ރަންވީރަކީ އޭނާގެ މަސްގަނޑު ކަމަށް ކަމަށެވެ.
ރަންވީރުގެ މި ޖަވާބާއި ގުޅިގެން އިންޑިއާ މީޑިއާގައި މީޑިއާގައި ދަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެކަމަކު ދެމީހުން އެކުގައި ތަންތަނަށް ބައެއް ފަހަރު ދާތަން ފެންނަ ކަމަށާއި އެންމެ ފަހުން ރިލީޒް ކުރި އެ ދެތަރިން ފެނިގެންދާ "ޕަދްމަވަތް" ޕްރިމިއާ ކުރިރޭވެސް އެތަނަށް އަތު ގުޅައިގެން ދިއުން އެންމެންނަށްވެފައިވަނީ ރަންވީރުގެ މި ވާހަކަތައް ގަބޫލު ކުރަން ދަތިވާ ކަމަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެކަމަކު ބައެއް ރިޕޯޓުތައް ބުނާގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެހެން ތަރިންނާއި ހިލާފަށް މި ދެ ތަރިން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފޮޓޯ އާއި އެހެން އެއްޗިއްސަށް ދެ މީހުން ދެމީހުންނަށް ޖަވާބުދީ ހަދާ ތަނެއް ނުފެނެ އެވެ.
މީގެ ކުރިން ދިޕިކާވެސް ބުނެފައިވަނީ އޭނާ އުޅެނީ މީހަކާ ރައްޓެހިވެގެންތޯ ނޫންތާ އަދި އެހެން މީހުންނަށް އެނގޭ ހިސާބަށް ނުދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް