އެސްޓީއޯ ރަމަޒާން ބާާރު ފަށައިފި

ރޯދަމަހަށް ހާއްސަކޮށް ކޮންމެ އަހަރަކު އެސްޓީއޯއިން ކުރިޔަށް ގެންދާ އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެ ކުންފުނީގެ ފިހާރަތައް ކަމަށްވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަނ...

19 Mar 2018 | 02:52

ރޯދަމަހަށް ހާއްސަކޮށް ކޮންމެ އަހަރަކު އެސްޓީއޯއިން ކުރިޔަށް ގެންދާ އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެ ކުންފުނީގެ ފިހާރަތައް ކަމަށްވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުގައި އެވެ. މި ބާޒާރާ ދިމާކޮށް އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮ  ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި އެސްޓީއޯ އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި، ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ 1000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ގުރުއަތުން ދިމާވާ ފަރްތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 500،000 ރުފިޔާގެ އަގުހުރި އިނާމުތައް ދޭނެ އެވެ.

މީގެ އިތުރުން ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި ހިޓާޗީ ބައެއް ސާމާނާއި އައިސް އަލަމާރި އާއި ވެކިއުމް ކްލީނަރުގެ އިތުރުން ފިލިޕްސްގެ އުފެއްދުންތައް  ހިމެނެ އެވެ. އެހެން އަހަރުތެކެކޭ އެއްގޮތަށް ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ޕްރޮޑަކްޓް ދައްކާލުންތައް ކުރިޔަށް ގެންދަން ވެސް ހަމަޖެހިފައިވެ އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ކުރިޔަށް  ގެންދަނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް