ދިވެހި ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް !

ބައެއް ނޫސްތަކުގައި ބައެއް ނޫސްވެރިން މިހާރު ލިޔަމުން އަންނަ ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީފި އެ...

19 Mar 2017 | 10:28

ބައެއް ނޫސްތަކުގައި ބައެއް ނޫސްވެރިން މިހާރު ލިޔަމުން އަންނަ ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އިސްވރިންގެ މިންނެތް މަސައްކަތްޕުޅުންނާއި، ދިވެހިރާއްޖެއަށް ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން، ދިވެހިރާއްޖޭގައި ގާއިމްވެ އިސްތިގުރާރުވެފައިވާ އަމާންކަން ނަގާލައި، ދިވެހި ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފެއްދުމަށާއި ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ހިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގު ވައްޓާލުމަށާއި ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް، ދިވެހިރާއްޖޭގަ ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔުއްވާ ބައެއް ނޫސްވެރިން މަސައްކަތް ކުރައްވަމުން ގެންދަވާތީ އާއި އޭގެ ތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަން ފާހަގަކުރެވިފައިވާތީ، މިހާރުން މިހާރަށް މިފަދަ އަމަލުތައް ހުއްޓާލެއްވުމަށް އެންމެހައި ނޫސްވެރިންނަށް ގޮވާލާ ކަމަށެވެ.

އެފަދަ ލިޔުންތައް ލިޔުއްވައިގެން ދިވެހި ދައުލަތުގެ އަމަންއާއްމާއި އިސްތިގުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ އަމަލުތައް ކުރައްވާ ކޮންމެ މީހަކާމެދު މި ކޯޓުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވާކަމުގައިވެސް އެ ނޫސްބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް