މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މި ރޯދަ މަހު ދުވާލު ޗުވިންގަމެއް ކެއި ޒުވާނަކު
ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެ ޒުވާނަކީ، މ. މަލްމަލްގޭ، އުމުރުން 25 އަހަރުގެ
ރާއިފް އަލީ އެވެ.
ރާއިފްގެ ބަންދަށް ހަތް ދުވަހު މުއްދަތެއް މިއަދު
ކޯޓުން ދީފައިވާއިރު ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ އޭނާ ރޯދަމަހު
ދުވާލު މަގުމަތީގައި ޗުވިންގަމް ކައިފައިވާކަމަށް ފުލުހުންގެ އިންވެސްޓިގޭޓިވް
އޮފިޝަރު ފާހަގަކުރާ ކަމަށެވެ.
އެއީ ހައްޔަރު އަދި ބަންދު ރެކޯޑު އޮންނަ މީހެއް
ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް