ފަނަރަ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

ފަނަރަ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން އެމީހާ ހައްޔަރުކޮށްފައިވަނީ  މިއަދު މެންދުރު 12:45 އެ...

19 Feb 2020 | 16:19

ފަނަރަ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން އެމީހާ ހައްޔަރުކޮށްފައިވަނީ  މިއަދު މެންދުރު 12:45 އެހައިކަންހާއިރު ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާ ރޭޕުކޮށްފައިވަނީ  ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ،އއ،އދ، ވ) އަތޮޅުގެ ތެރެއިން ރަށެއްގައި ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް