ބްރިޖު ހައިވޭގަ މިއަދު ހަވީރު ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހަވީރު3:40 ގައި ކަމަށެވެ. މި ހާދިސާގަ އަނިޔާވީ49 އަހަރުގެ ފިރިހެނަކަށެވެ.
އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ލިބިފަވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތު އެވެ.
އޭނާގެ ބޮލުގެ ފުއްކިބައިން ފަޅައިގެން ގޮސްފައިވާއިރު އަނގައިން ލޭމަނާ ނުވާކަމަށް ފުލުހުން ބުނެ އެވެ. މީގެ ިއތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައިވެ އެވެ.
ފުލުހުން ބުނީ އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް