މާލޭ ދަރުބާރުގެ އާއި މޫންލައިޓް ހިނގުމާ ގުޅޭ ކަންމަތިން މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު3:30 ހާއިރު ކަމަށެވެ. އެމީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގަ އެވެ.
ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނެތިފައިވާ ކަމަށެވެ. އެކްސިޑެންޓުވި އިރު ސައިކަލް ދުއްވަން އިނީ19 އަހަރުގެ ފިރިހެނެކެވެ.
އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް