މާލެއަށް ކަރަންޓު ދިނުމަށް1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ އަލަށް ގެނައި ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި ޖަނަރޭޓަރަކީ ހޫނު މޫސުމާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގެނައި ޖަނަރޭޓަރެކެވެ.
އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ބުނެ އެވެ.
ކޮންމެ އަހަރުވެސް އަހަރުގެ ކުރީކޮޅުގައި ހޫނު ގަދަވެ ކަރަންޓު ބޭނުން ކުރާވަރު އެހެން މަސްމަހަށްވުރެ އިތުރުވެ އެވެ. އަދި ރޯދަމަހަކީ އާންމުކޮށް ދިވެހިންގެ ދިރިއުޅުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއްކަމަށް މީގެ ކުރިން ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯގެ އިތުރުން ފެނަކައިންވެސް ދަނީ އެކުންފުނިން އިންޖީނުގެ ހިންގާ ރަށްތަކަށް ޖަނަރޭޓަރު ފޮނުވަން ފަށާފަ އެވެ. އެގޮތުން މިދިޔަ މަހުގެ30 ން މިހާތަނަށް ހަތް ރަށަކަށް ޖަނަރޭޓަރު ފޮނުވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް