ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ބައިވެރިވެ، ރާއްޖެއަށް ރަނާއި ރިހީގެ މެޑަލް!

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިއަށްދާ 25 ވަނަ އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިިވެރިވެ، ފަހުރުވެރި ދެ މެޑަލް ހޯދައިފިއެވެ. ކަލިނަރީ އޮލިމްޕިކްސް އަކީ ކެއްކުމުގެ އެކި މުބާ...

19 Feb 2020 | 09:46

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިއަށްދާ 25 ވަނަ އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިިވެރިވެ، ފަހުރުވެރި ދެ މެޑަލް ހޯދައިފިއެވެ.

ކަލިނަރީ އޮލިމްޕިކްސް އަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ މުބާރާތެކެވެ. މި މުބާރާތަކީ ދުނިޔޭގައި ފާހަގަ ކުރާ ކެއްކުމުގެ އެންމެ ބޮޑު މުބާރާތް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މި މުބާރާތުގައި ކޭކު އެޅުމުގެ ތަޖުރިބާ ކާރު ދެ ޝެފުން ކަމަށްވާ ޖޫދީ ޚާލިދު އާއި އަބްދުލްރަޝީދު ބައިވެރިވެފައި ވަނީ އަމިއްލަ ގޮތުންނެވެ. މި ދެ ޝެފުންވެސް ބައިވެރިވެފައިވަނީ ވެޑިންގް ކޭކު ކެޓަގަރީން ނެވެ.

ޖޫދީ ޚާލިދު އަށް ރަން މެޑަލް ލިބިފައިވާއިރު އަބްދުލްރަޝީދު އަށް ވަނީ ރިހިމެޑްލް އެވެ.

އެ މީހުން މި މުބާރާތުގައި ބައިވެރި ކުރި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ދެން އެންމެ އަވަހަށް އޮންނަ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރި ކުރާނެ ކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް