މަޖިލީހަށް 444 ރުފިޔާ ދައްކަވަން ނަޝީދަށް އޭސީސީން އަންގައިފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކެމްޕެއިން ދަތުރެއް މަޖިލީހުގެ ހަރަދުގައި ކުރެއްވިކަން ސާބިތުވުމުން އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދެއްކެވުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން އަނ...

19 Feb 2020 | 09:34

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކެމްޕެއިން ދަތުރެއް މަޖިލީހުގެ ހަރަދުގައި ކުރެއްވިކަން ސާބިތުވުމުން އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދެއްކެވުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.

އަމިއްލަ މީހަކު އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނެފައިވަނީ ގއ. ވިލިނގިލީގަިއ އޮތް "ދެކުނު މަހާސިންތާ" ނިންމުމަށް ފަހު އެމަނިކުފާނު އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރާއި ޗީފް ބިއުރޯ އޮފިސަރު ގޮވައިގެން ކަމަށެވެ. އަދި އެމީހުން އައްޑޫ ސިޓީ ގަމުން މާލެ އައުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1،333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

އޭސީސީން ބުނީ ނަޝީދު މަޖިލީހަށް ދައްކަވަން ޖެހޭ 444 ރުފިޔާ އަކީ ގަމުން މާލެ އައުމަށް ގަތް ޓިކެޓަށް އިތުރުވި ބައި ކަމަށެވެ. އެއީ ކުރިން ހަމަޖެހިފ އޮތް ގޮތުން އެ ދެ މުވައްޒަފުން މާލެ އައުމަށް ހަމަޖެހިފައި އޮތީ ކޫއްޑޫއިން މާލެ ކަމަށްވާތީ އެވެ.

އޭސީސީން ބުނީ އޭރު ކޫއްޑޫ މާލޭ އެއްކޮޅު ޓިކެޓުގެ އަގަކީ1،222 ރުފިޔާ ކަމަށެވެ.

މި ފައިސާ މަޖިލީހުގެ އިދާރާއަށް ނަޝީދު ދެއްކެވުމުން އެކަން އޭސީސީއަށް އަންގަން މަޖިލީހުގެ އިދާރާއަށް އެ ކޮމިޝަނުން އަންގާފަވެ އެވެ.

ރައީސް ނަޝީދު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އޭސީސީގެ ނިންމެވުމަށް ޗެލެންޖު ނުކުރައްވާނެ ކަމަށެވެ. އެކަމަކު ނަޝީދުގެ ވާހަކަފުޅު ހުރި ގޮތުން އެމަނނިކުފާނު އެ ނިންމެވުން އެހާ ސީރިއަސްކޮށް ނެންގެވިކަން ފާހަގައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް