ދީނީ ދަރުސް ދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް މެންފަދަ ބޭފުޅުން ގެންނަވައިގެން ޒުވާނުންނަށް ރަނގަޅު ގޮތްތައް ފަހިކޮށްދިނުމަށް ކުރިޔަށް އޮތްތާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓި އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ޑީން ޝެއިހް އަލީ ޒާހިރު ބިން ސައީދު މިއަދު ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށް މިނިސްޓަރު މަހުލޫފު ފެއްޓެވި މަސައްކަތްތަށް އަދި ކާމިޔާބު ވާނެ ކަމަށެވެ. އަދި މިފަދަ ކަމަކަށް އިސްނެންގެވީތީ މިނިސްޓަރަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ތަހައްމަލް ކުރުމާއި އަމާންކަމާއި ރައްކާތެރި ކަމަކީ މިއަދު ޒުވާނުންގެ ގައިގަ އަށަގަންނަވަން ޖެހިފައިވާ އާދައެއް ކަމަށެވެ. އެފަދަ ކަންކަން ޕްރޮމޯޓު ކުރުމުގެ ބަދަލުގައި ހުރަސް އަޅާ ފިތުނަ އުފައްދާ ނާތަހުޒީބު ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށް ޝެއިހް ޒައިދު ވިދާޅުވި އެވެ.
https://twitter.com/alizahirsaeed/status/1229988377182687232
ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާއެއްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުހައްމަދު އިޔާޒު ވިދާޅުވީ އޭނާގެ އުންމީދަކީ މަހުލޫފަކީ ބަޔަކު މީހުން ދައްކާ ބިރަކަށް ގުޑާ ނުލާ ކުުރިޔަށް ވަޑައިގެންނެވޭފަދަ ބޭފުޅެއް ކަމަށް ވެގެންދިއުން އެދޭ ކަމަށެވެ.
އަދި މިފަހަރު ފަހަތަށް ފިޔަވަޅެއް އެޅުއްވިޔަސް ކުރިޔަށް އޮތްތާ އެފަދަ ކަމެެއް ނުކުރައްވާނެ ގޮތެއް މިންވަރު ކުރެއްވުން އެދޭކަމަށް ވިދާޅުވި އެވެ.
https://twitter.com/dr_iyaz/status/1230040396689854465
ޑރ ބިލާލް ފިލިޕްސް ރާއްޖެ ގެންނަކަން މަހުލޫފު އިއުލާނު ކުރެއްވީ އިއްޔެ އެވެ. އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ބިލާލް އަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ވިދާޅުވެ އޭނާ ގެނައުން ރަނގަޅު ނޫންކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީއަށް ތާއިދު ކުރާ ގިނަ ބަޔަކުވެސް ވަނީ ބިލާލް ރާއްޖެ ގެނެސްގެން ނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގަ އަޑު އުފުލާފަ އެވެ.
އެހެންވެ އިއްޔެ މަހުލޫފު ވަނީ ބިލާލް ގެނައުން މަޑުޖައްސާލާފަވާކަން ހާމަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް