ތެޔޮ ބައުޒަރާ ސައިކަލް ޖެހުނު އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހޯދަނީ

ހައިވޭއިން ހުޅުމާލެއަށް ފައިބާ ހިސާބުގައި ތެޔޮ ބައުޒަރަކާއި އަންހެނަކު ދުއްވި ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގި މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. އެ އެކްސިޑެންޓު ހިނގާފައިވަނ...

19 Feb 2020 | 07:40

ހައިވޭއިން ހުޅުމާލެއަށް ފައިބާ ހިސާބުގައި ތެޔޮ ބައުޒަރަކާއި އަންހެނަކު ދުއްވި ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގި މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ މިމަހުގެ15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ.

ފުލުހުން މިއަދު ބުނީ ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކު ހުރި ނަމަ ފުލުހުންގެ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާ އާއި ތެޔޮ ބައުޒަރު ދުއްވަން ތިބީ 26 އަހަރުގެ ދެމީހުންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަވާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫންކަމަށްވެ އެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތެޔޮ ޓޭންކަރު އަނބުރާލަން އުޅެނިކޮށް ފަހަތުން އައިސް ސައިކަލުގަ ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް