ދ. މާއެނބޫދޫ ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު ދަރިވަރުންތަކަކަށް ނިވާކަންކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުންނަށް މި މައްސަލް ހުށައަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން ބުނީ މާއެނބޫދޫގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް އެ ޓީޗަރު ނިވާކަން ކުޑަ ގޮތަކަށް ބަޔަކު އުޅޭ ވީޑިއޯ ޑޮކުމެންޓަރީއެއް ދެއްކި މައްސަލަ އެއް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ދާއިރު މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
އަދި ހަމަ އެހެންމެ ރޭގެ ވަގުތެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެއް ސެންޓަރް ޕޮލިސް ޑިވިޝަން އަށް ލިބިފައި ވެއެވެ. މިއީ ކ. އއ. އދ. ވ. އަތޮޅު ގައި ހިމެނޭ ރަށް ތަކުގެ ތެރެއިން ރަށެއްގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
މިހާރަކަށް އައިސް ރޭޕްގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފައެވެ. މިފަދަ މައްސަލަތައް ރިޕޯޓު ކުރުން އިތުރުވީ ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުދަ ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތި ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް