އަދުހަމް ކޯޓުގައި ދެއްކީ އަސްލެއް ނެތް ވާހަކަތަކެއް: ފުލުހުން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފުލުހުންގެ ބަންދުގައި ހުރި އިރު މަސްތުވާތަކެތި ދޭކަމަށް ބުނެ އިއްޔެ އޭނާ ކޯޓުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގު ކޮށްފި އ...

19 Feb 2020 | 04:40

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފުލުހުންގެ ބަންދުގައި ހުރި އިރު މަސްތުވާތަކެތި ދޭކަމަށް ބުނެ އިއްޔެ އޭނާ ކޯޓުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގު ކޮށްފި އެވެ.

ފުލުހުން ބުނީ އޭނާއަށް ފުލުހުން މަސްތުވާތަކެތި ގަނެދޭކަމަށް ބުނެ ދައްކާފައިވަނީ އެއްވެސް އަސްލެއް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ދައުވާއަށް އިންކާރު ކުރިނަމަވެސް ގާސިމް މަރާލީ އަދުހަމްކަން ސާބިތުކޮށްދެވޭވަރުގެ ހެއްކާ ގަރީނާ ފުލުހުންގެ އަތުގައި އެބަ ހުރި ކަަމަށެވެ.

އަދުހަމް އިއްޔެ ކޯޓުގައި ބުނެފައިވަނީ މިމަހުގެ12 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާއަށް އެއްބަސްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދި ފުލުހުން އޭނާ އެދުވަހު ކޯޓަށް ގެންދިޔައީ މަސްތުވާތަކެތި ދީގެން ކަމަށް ބުނެ ފުލުހުންނަށް އަދުހަމް ބޮޑު ތުހުމަތެއް ކުރި އެވެ.

އަދުހަމް ބުނީ އޭނާއަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބަންދަށް ބަދަލު ކުރި ފަހުން ކަމަށެވެ. އޭގެ ކުރިން ފުލުހުންގެ ބަންދުގައި ހުރީ ހާއްސަ އިނާޔަތްތަކަކާއި އެކުކަމަށް ފުލުހަކު ބުނި ހަނދާނެއް ވާކަމަށެވެ. އަދި އޭނާ ބާއްވާފައި އޮންނަ ގޮޅިއަށް ސިނގިރޭޓާއި ސުޕާރީ އަދި މަސްތުވާތަކެތި ގަނެގެން ގެނެސް ފުލުހުން ވައްދާކަމަށް ބުންޏެވެ.

އަދުހަމް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ ގާސިމް މަރާލީ ފޭރެން އުޅުމުން ހަޅޭއްލަވަން ފެށުމުން ކަރުގައި ހިފާ ވަޅި ހެރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް