ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު ދެހާހުން މައްޗަށް

ޗައިނާއިން ފެނި އެ ގައުމުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)ގައި މަރުވި މީހުންގެ ދެހާހުން މައްޗަށް އަރައިފިއެވެ. އެގޮތުން އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއ...

19 Feb 2020 | 01:42

ޗައިނާއިން ފެނި އެ ގައުމުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)ގައި މަރުވި މީހުންގެ ދެހާހުން މައްޗަށް އަރައިފިއެވެ.

އެގޮތުން އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ވައިރަހުގައި އިތުރު 132 މީހަކު މިވަނީ މަރުވެފައެވެ. އެއާއެކު މި ވައިރަހުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ޗައިނާގައި މިވަނީ 2009 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ވައިރަހަށް ޕޮޒިޓިވްވި އަދަދަކީ 1868 ކަމުގައިވާއިރު ޗައިނާގައި މި ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 74357 އަށް އަރާފައެވެ.

މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަނީ މި ވައިރަސް ފެނުނު ހުބެއި ޕްރޮވިންސްގައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުބެއި ޕްރޮވިންސްގައި މި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1693ގެ އިތުރުވުމަކުން އިތުރުވެފައެވެ.

މި ވައިރަހުން ސަލާމަތްވުމަށް ޗައިނާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގިނަ ގައުމުތަކަކުން މި ވައިރަސް މިހާރު ފެނިފައިވެއެވެ. އަދި ޗައިނާއިން ބޭރުންވެސް މި ވައިރަހުގައި މަދު އަދަކަށް މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން މި ވައިރަހާއިމެދު ބުނެފައިވަނީ މި ވައިރަސް އަދި ކޮންޓްރޯލުން ނެއްޓިގެންނުދާކަމަށާއި އެހެންނަމަވެސް މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް