ކަލަރ ބެންކް އިން ބާއްވާ ސިކެންސް އޮޓޯމޯޓިވް ޕެއިންޓްގެ ޓްރެއިނިން ގައި މިއަހަރު ބައިވެރިވާ ފަރާތްތަށް އިންޑޮނޭޝިއާއަށް ފުރައިފި އެވެ. ކަލާ ބޭންކުގެ ބައެއް ކަސްޓަމަރުންނާއި އެކު މުވައްޒަފުން ވެސް މި ޓްރެއިނިން ގައި ބައިވެރިވެއެވެ.
މި ތަމްރީންތައް އިންޑޮނޭޝިއާގެ ޖަކާޓާގައި 18 ފެބްރުއަރީ އިން ފެށިގެން މި މަހުގެ 22 އާ ހަމައަށް ކުރިއަށްދާނެ އެވެ. މިއަހަރުގެ ޓްރެއިނިން ގައި ކަލަބެންކްގެ ތިން މުވައްޒަފުންނާއެކު ފަސް ކަސްޓަމަރަކު ބައިވެރިވެފައިވެ އެވެ. މީގެ ތެރޭ ގައި އެމްއެންޑީއެފްގެ ބޭފުޅުންވެސް ހިމެނެއެވެ.
ކަލަބެންކުއިން ބުނި ގޮތުގައި، މިއަހަރުގެ ތަމްރީންގައި ބައިވެރިވާ ފަސް ކަސްޓަމަރުންގެ ތެރެއިން އެއް ކަސްޓަމަރަކީ ކަލާ ބެންކުގެ ފުލް ސްޕޮންސަރގެ ދަށުން ބައިވެރިވާ ފަރާތެކެވެ. އެއީ މިދިޔަ އަހަރު ބޭއްވި ސެމިނާގެ ލަކީ ޑޮރޯގެ ނަސީބުވެރި ކުންފުނި ބާބަ އޮޓޯ ގަރާޖްގެ އޯނަރ ކަމަށްވާ އަހްމަދް ޝާންއެވެ.
މި ތަމްރީން ޕްރޮގްރާމްތަކުގައި ސިކެންސް ޕެއިންޓްގެ ފަހުގެ ޓެކްނޮލޮޖީއާ އެކު ބޭނުންކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދޭނެ ކަމަށް ކަލަރ ބެންކް އިން ބުނެއެވެ. މީގެ އިތުރުން ގަރާޖް ތަކުން މީހުންނަށް ދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާ ކުރާނޭ ގޮތްތަށް އުގަންނާ ދިނުމަކީ މި ޓްރެއިންގެ އެންމެ ބޮޑު މަގްސަދު ކަމަށާއި އެއްގަމު އުޅަދުގައި ކުލަލުމުގައި ދިމާވާ ދަތިތަށް ހައްލު ކުރާނެ ތަފާތު ގޮތްތައް ކިޔައިދީ އަމަލީ ތަޖްރިބާ ވެސް މި ޓްރެއިންގައި ލިބިގެންދާނެ ކަމުގައި ކަލަރބެންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް