ހައްދުންމަތީ ގަމު ކުރީގެ ތުނޑި ސްކޫލް ހުރި އިމާރާތް، މަތީ ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވިލާ ކޮލެޖަށް ހަވާލުކުރުމަށް ވިލާ ކޮލެޖާއި ގަމު ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 17 ފެބްރުއަރީ 2019 ގައި ގަމު ކައުންސިލްގެ އިދާރާގައެވެ. މިއެއްބަސްވުމުގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ. ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ.
މިވެވުނު އެއްބަސްވުމާއެކު ވިލާ ކޮލެޖުން މަސައްކަތްކުރަމުން ދަނީ އެކޮލެޖުގެ މެއި އިންޓޭކްގައި ލ.އަތޮޅު ގަމުގައި ޤާއިމް ކުރެވޭ އެކޮލެޖުގެ ކެމްޕަހުގައި ޕްރޮގްރާމްތައް ފެށުމަށެވެ. މިކެމްޕަހުގައި ވިލާކޮލެޖުގެ މާލޭގައި ހިންގާ ހުރިހާ ޕްރޮގްރާމްތައްވެސް ހިންގުމަށް އެކޮލެޖުން ގަސްދުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް