ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ ޝަރީއަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރާއެކު މާފުށީ ރިމާންޑް ޖަލަށް ރައީސް ޔާމީން ގެންގޮސްފައިވާއިރު އެ އަމުރު ކޮށްފައިވަނީ އެ މައްސައިގެ ފުރަތަމަ އަޑުއެހުމުގައެވެ. އިއްޔެ ބޭއްވި އަޑުއެހުމަކީ އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީން ފުލުހުންގެ ބަންދުގައި ބެހެއްޓުމާއިމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.
އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން، އެ މައްސައިގާ ހިމެނޭ ހެއްކަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހެކިންނަށް ރިޝްވަތުވެސް ހުށަހަޅަމުން އަންނަ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް