ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
މި ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަނީ މި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އީސީން، އިބްރާހިމް ހަސަންއަށް ދީފައިވާއިރު އޭނާ މިއަދު ވިދާޅުވެފައިވަނީ އެ ޕާޓީގެ ބޭނުމަކީ ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށްގެންދިއުން ކަމަށެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލީޝަން ސަރުކާރު ދެމެހެއްޓުމަކީވެސް އެ ޕާޓީ އުފެއްދުމުގެ މަގްސަދެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް