މާލެގައި ރޭ ވަޅިން ބިރު ދެއްކުމަށް ފަހު 560000 (ފަސްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގައި 22:30 ހާއިރު ދެސައިކަލެއްގައި ދިޔަ ތިން މީހަކު ވެގެން ވަޅިން ބިރުދެއްކުމަށް ފަހު އެސްޕާޓް މޮޓޯސްގެ 560000 އަށް ވުރެ ގިނަ ފައިސާ ފޭރިގެންފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފޭރިގެންފައި ވަނީ ފަތަހަ ސުންބުލި ކައިރިންނެވެ.
ފޭރިގަތް ފައިސާތަކަކީ އެސްޕޯޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ފައިސާތަކެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ބޮޑެތި ވައްކަންތަކާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަޅިން ބިރުދައިގެން މިދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ހަމައެކަނި މާލެ އިން ވެސް ތިން ފަހަރެއްގެ މަތިން ފައިސާ ފޭރިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް