މާލެ-ހުޅުމާލެ ގުޅޭ ހައިވޭ އާއި ސިނަމާލެ ބްރިޖްގައި ފުލުހުންގެ ޗެކްޕޮއިންޓްތަކެއް ގާއިމްކޮށް ވެހިކަލްތައް ފާސްކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި ބުރިޖު އަދި ހައިވޭގައި ވެހިކަލް ޗެކް ޕޮއިންޓް ގާއިމްކޮށް، ވެހިކަލްތައް ބަލާފާސް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މިމަސައްކަތަކީ އެކްސިޑެންޓްތައް މަދުކޮށް، ބާރު ސްޕީޑްގައި ދުއްވުމާއި ޓްރެފިކް ޤާނޫނާއި ޤަވައިދުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް." ފުލުހުން ވިދާޅުވިއެވެ.
ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ބްރިޖާއި ހައިވޭގެ އެކި ތަންތަނުގައި ޗެކްޕޯސްޓް ގާއިމްކޮށް އެ ތަންތަނުން އުޅަނދުތައް ހުއްޓުވާ ޗެކް ކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބުރިޖާއި ހައިވޭގައި އާދަޔާއި ހިލާފަށް ގިނައިން އެކްސިޑެންޓްތައް ހިނގަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ގިނަ ފަހަރަށް އެކްސިޑެންޓް ހިނގަނީ މާބާރަށް ދުއްވުމުގެ ސަބަބުންނާއި ޤަވައިދާއި ހިލާފަށް އޯވަޓޭކް ކުރަން އުޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް